ads
ރައީސް މައުމޫން
ރައީސް މައުމޫން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއާއި މެލޭޝިއާއަށް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީ ލަންކާއާ މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް މައުމޫން އަމިއްލަ ދަތުރުފުޅެއްގައި ލަންކާއާއި މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ ރޭގައި ކަމަށް އެ މަނިކުފާނު ލީޑު ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓުން ބުންޏެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް އެމްއާރުއެމުން ހާމައެއް ނުކުރެއެވެ. އަދި ރައީސް މައުމޫން އެނބުރި ވަޑައިގަންނަވާނެ އިރެއްވެސް އެ ޕާޓީން ނުބުނެއެވެ. 

އަމިއްލަ ދަތުރުފުޅެއްގައި ލަންކާއާ މެލޭޝިއާއަށް ރައީސް މައުމޫން ފުރާވަޑައިގެންނެވިއިރު، މީގެ ދުވަސްކޮޅެއް ކުރިން މައުމޫނަށްވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެވިފައެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މައުމޫން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވިއިރު، ސިޔާސީ ގޮތުން ކުރިއަށް އޮތީ ހަލަބޮލި ދުވަސްކޮޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް