ގައުމީ ރެކޯޑް މިއަދު އަލުން ޝަމްހާ އާ ކުރިއިރުވެސް އެ ރެކޯޑް އޮންނަނީ ޝަމްހާ އަތުގައެވެ. ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯ މެރަތަންގައި ވާދަކޮށް ޝަމްހާ ހެދި ރެކޯޑް މިއަދު ޑާކާގައި އޭނާ މުގުރާލީ 1 ގަޑިރާއި 26 މިނެޓާއި 41 ސިކުތުން ހާފް މެރެތަން ނިންމައިގެނެވެ. އޮސްލޯގައި ހާފް މެރަތަން ޝަމްހާ ނިންމީ 1 ގަޑި 27 މިނެޓާއި 51 ސިކުންތުންނެވެ.
ބަންގްލަދޭޝްގައި މިއަދު އޮތް މެރެތަންގައި ޝަމްހާގެ އިތުރުން އެހެން ދިވެހި އެތްލީޓުންވެސް ބައިވެރިވިއެވެ.