ads
ޕްރިޔަންކާ ދަރިފުޅާއެކު ނެގި ފޮޓޯ ޝޫޓުގެ ތެރެއިން
ދަރިފުޅާއެކު ފޮޓޯ ނެގި ގޮތުން ޕްރިޔަންކާ ހޫނުފެނަށް
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ އަންހެން ދަރިފުޅު މޯލްޓީ މާރީ ޗޯޕްރާ ޖޯނަސް އާއި އެކު ފޮޓޯ ޝޫޓެއް ކުރިއަށް ގެންދިޔަ ގޮތުން ގިނަބައެއްގެ ފާޑުކިޔުން ޕްރިޔަންކާއަށް އަމާޒުވެއްޖެއެވެ.

ޕްރިޔަންކާ އަންހެން ދަރިފުޅު މަލްޓީއާ އެކު ފުރަތަމަ ފަހަރަށް ފޮޓޯޝޫޓެއް ކުރިއަށް ގެންދިއުމަށްފަހު ފޮޓޯތައް އިންސްޓަގުރާމުގައި ޝެއާކުރަމުން ބުނެފައިވަނީ އޭނާ ވަރަށް "އެކްސައިޓްވެފައި" ހުރި ކަަމަށެވެ. 

ނަމަވެސް ހީކުރެވުނުގޮތާއި ހިލާފަށް ގިނަބަޔައެއްގެ ފާޑުކިޔުން ޕްރިޔަންކާއަށް އަމާޒުވިއެވެ. ސަބަބަކީ ފޮޓޯ ނެގީ ދަރިފުޅުގެ މޫނު ފޮރުވައިގެން ކަމަށްވާތީއެވެ.

ފާޑުކިޔާ މީހުން ބުނަނީ ދަރިފުޅުގެ މޫނު ފޮރުވުމުން ފޮޓޯޝީޓުގެ ބޭނުމެއް ނެތްކަމަށެވެ.

ދަރިންގެ މޫނު ފޮރުވައިގެން ފޮޓޯނަގާ ޓްރެންޑެއް މިދުވަސްވަރު ވަނީ ބޮލީވުޑްގައި އުފެދިފައެވެ.

"ދަރިފުޅު އާންމުކޮށް ދައްކަން ބޭނުން ނުވާނަމަ ކުއްޖާ މީޑިއާ ގެ ސަމާލުކަމުން ބޭރުގައި ބެހެއްޓުން ބުއްދިވެރީ" ޕްރިޔަންކާއަށް ފާޑުކީ މީހަކު ބުނެފައިވެއެވެ. 

ގިނަ މީހުން ބުނަނީ ކުޑަކުއްޖެއް ފޮޓޯގައި ހުރި އެ ކުއްޖާގެ މޫނު އެގޮތަށް ފޮރުވުމަކީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށެވެ. އަދި ޕްރިޔަންކާ ދަރިފުޅު ހިފަަހައްޓާފައިވާގޮތް "ލާއިންސާނީ" ކަމަށް ވެސް ބުނެ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ. 

"ހީވަނީ ނުބައިބައި ރޯލު ކުޅޭ މީހަކު ދަރިފުޅު ހާސްކޮށްލަން އުޅޭހެން، މި ލާއިންސާނީ އަމަލު ބަލައެއް ނުގަންނަން،" މީހާކު ޕްރިޔަންކާ ޓެގްކޮށް ލިޔެފައިވެއެވެ. 

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް