ads
މަބްރޫކް
މަބްރޫކް އަލުން ސްޓޭޖަށް- ހުންނެވީ ރައީސް ސޯލިހާއެކު
ކޮވިޑުގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި، ސަރުކާރުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު މަގްބޫލްކަމެއް ހޯއްދެވީ މަބްރޫކްވަނީ ހުކުރު ދުވަހުގެ ރޭ އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އިވެންޓުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ. 

މަބްރޫކު ހުކުރު ދުވަހުގެ ރޭ ދެއްކެވި ވާހަކައިގައިވަނީ ކޮވިޑު 19 ގެ ތެރޭގައި ރައީސް ސޯލިހުގެ މަސައްކަތްތައް ގެންގުޅުއްވި ގޮތް ވަރަށް ދިގު ކޮށް ކިޔައި ދެއްވާފައެވެ.

އަޅުގަނޑު މިއަދު މިތާ މިހުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް. ވަޒީފާއެއް އޮވެގެނެއް ނޫން. ލިބޭ އެއްޗެއް އޮވެގެނެއް ނޫން. އެއްޗެއް ހޯދާކަށްވެސް ނޫން. ހަމަ ފުރިހަމައަށް ހިތުގެ އަޑިން ގަބޫލުކޮށްގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާތީ. އަޅުގަނޑަށް ހަގީގަތުގައި ރައީސްއާ އެކުގައި އެހާ ގާތުން މަސައްކަތްކޮށްލަން ލިބުނީ ކޮވިޑު ފެށުނު ފަހުން. ކޮވިޑު 19 އިން އަރައިގަނެ މިއަދާ ހަމައަށް ރާއްޖެއައި އައުން އެކަންޏެއް ބެލިނަމަވެސް އެއީ އަޅުގަނޑު ރައީސްއަށް ތާއީދު ކުރާ ސަބަބު.

ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ފުރުއްވި މަބްރޫކްވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން، ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހުގެ ކެމްޕޭނަށް ނުކުންނެވުމާ ހަމައަށް މަބްރޫކް އުޅުއްވީ ވަރަށް ލޯ ޕްރޮފައިލްކޮށެވެ. 

ސަރުކާރުގެ އިސް މަގާމެއް ދޫކޮށްލެއްވި ސަބަބާ ގުޅޭ ގޮތުން މަބްރޫކް މާ ގިނަ ވާހަކައެއް ނުދައްކަވައެވެ. ހަމައެކަނި ޖަވާބަކަށްވީ "މިވަގުތަށް ފަހަތަށް ޖެހިލީ" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް