ads
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ތަރި، ވައިޝްނަވީ ރާއޯ
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ތަރި، ވައިޝްނަވީ ރާއޯ ރާއްޖެއަށް
ސްޓާޕްލަސް އިން ގެނެސްދިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ތަރި، ވައިޝްނަވީ ރާއޯ ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

މިއީ ވައިޝްނަވީ ރާއޯ ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް އޭނާ ބުނާގޮތުން އެނާ އެންމެ ދާހިތްވާ ތަނަކީ ދިވެހިރާއްޖެއެެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ އޭނާ އަނެއްކާވެސް ރާއްޖެ މިއައީ ރާއްޖޭގެ ރީތި "ގޮނޑުދޮށް" ބޭނުންވާ ވަރުންކަމަށެވެ. 

ރާއޯ ވަނީ އޭނާގެ ޗުއްޓީގެ ފޮޓޯތައް ހިއްސާކޮށް، ވެލިގަނޑާ މޫދު ކައިރީގައި ތަފާތު ސްވިމްސޫޓްތަކެއްގައި ޕޯޒްކޮށްފަ އެވެ. 

ވައިޝްވަނީ ރާއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު، އޭނާއަށް ރާއްޖޭގެ ގޮނޑުދޮށްތަކުގެ އިތުރުން ދެން އެންމެ ކަމުދަނީ ކުރުނބާފެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ކުރުނބާ ފެނުގެ މޮޅު ވާހަކަ ވެސް އޭނާ ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

ވައިޝްވަނީ އަކީ އިންޑިއާގެ ޓީވީ އެކްޓަރެއްގެ އިތުރުން މޮޑެލްއެކެވެ. އަދި ސޯޝަލް މީޑިއާ އިންފުލުއެންޒަރެން ވެސް މެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް