ads
ވޮލީ މުބާރާތުގެ ތެރެއިން - ފޮޓޯ އައިވެލް ޕޯޓްރެއިޓް
ކެލަ އާއި ނައިވާދޫގައި އައުޓްޑޯ ވޮލީކޯޓް ހެދުމަށް އިއުލާން ކޮށްފި
ތިލަދުންމަތީ އުތުރުބުރީ ކެލާގައާއި ތިލަދުންމަތީ އުތުރުބުރީ ނައިވާދޫގައި އައުޓްޑޯ ވޮލީ ބޯޅަ ކޯޓު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މި ދެރަށުގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވަނީ 19 ޖަނަވަރީ 2023 ވީ ބުރާސްފަތި ދުވަހުއެވެ.

ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބު ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

އިއުލާނުގައިވާ ގޮތުން ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ. އަންދާސީ ހިސާބު ހުށަހަޅަން މި ޖަނަވަރީ މަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް