މިއީ ފާއިތުވެދިޔަ ތިން ދުވަސްތެރޭ އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދު ކޮށްލި ފަލަސްތީނުގެ ތިން ވަނަ މީހާ އެވެ.
ފަލަސްތީނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިސްރާއީލު ސިފައިން މިއަދުގެ ވަގުތެއްގައި ދިން ހަމަލާތަކެއްގައި ޝަހީދުވެފައި ވަނީ، އުމުރުން 41 އަހަރުގެ ތާރިގް ނަމަކަށް ކިޔާ މީހެއް ކަމަށާއި، މި ހަލާތައް ދިނީ، ރާމަالله ގައި ހިނގި ކުރިމަތިލުމެއްގައި ކަމަށް ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ ސަރުކާރުން ބުނީ، ފަލަސްތީނުގެ މީހާ ގަޔަށް ބަޑިޖެހީ، އޭނާ އިސްރާއީލު ސިފައިންނަށް ހަމަލާ ދިނުމަށް ވަޅި ހިފައިން އައުމުން ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ދަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ކަމަށާއި، ދުނިޔޭގެ ގައުމުތަކުން މިކަމާއި ގުޅިގެން އިސްރާއީލަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުން އެގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި އަހަރު ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ، 18 އަށް އަރާފަ އެވެ.