ads
ޔުވެންޓަސްގެ ކުޅުންތެރިން
ޔުވެންޓަސްއަށް ބޮޑު އަދަބެއް
ޓްރާންސްފާގައި މަކަރު ހެދިކަން ސާބިތުވެ، އަދި ކުލަބުގެ މާލީ ބަޔާންތައް އޮޅުވާލިކަން ސާބިތުވެ އިޓަލީގެ ޔުވެންޓަސްއަށް އެ ގައުމުގެ ފެޑެރޭޝަނުން ބޮޑު އަދަބެއް ދީފިއެވެ.

ޓްރާންސްފާގައި މަކަރު ހެދިކަން ސާބިތުވެ، އަދި ކުލަބުގެ މާލީ ބަޔާންތައް އޮޅުވާލިކަން ސާބިތުވެ އިޓަލީގެ ޔުވެންޓަސްއަށް އެ ގައުމުގެ ފެޑެރޭޝަނުން ދިން ބޮޑު އަދަބަކީ، އެ ޓީމުން ލީގުގައި ހޯދާފައިވާ ޕޮއިންޓުން 15 ޕޮއިންޓް އުނިކުރުމެވެ. މީގެ އިތުރުން ޔުވެންޓަސްގެ އިސްގިނަ މެމްބަރުންނަށް ވަނީ ބޮޑެތި އަދަބުތަކެއް ދީފަ އެވެ. 

ޔުވެންޓަސްގެ މައްސަލަ ބަލަން ފެށުމާ އެކު އެ ކްލަބްގެ އިސް ހުރިހާ މެމްބަރުން މީގެ ދެ މަސް ކުރިން ވަނީ އިސްތިއުފާ ދީފަ އެވެ.

ޔުވެންޓަސް އިން، 2019 އާއި 2021 އާ ދެމެދު ހަދާފައިވާ ޓްރާންސްފާތަކާ ގުޅޭ ހިސާބުތައް އޮޅުވާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި، އިއްޔެ، އިޓަލީ ފެޑެރޭޝަނުން، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރިއިރު، އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ 10 ވަނައިގަ އެވެ. އެއީ ގަދަ ހަތަރަކާ ދެމެދު 15 ޕޮއިންޓްގެ ފަރަގަކާ އެކު އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް