ads
ފުވައްމުލަކު މޭޔަރު ރައީސްއާ ސަލާމް ކުރައްވަނީ
ރައީސްއަށް ދޭނީ އޭ ޕްލަސްއެއް: ފުވައްމުލަކު މޭޔަރު
ފުވައްމުލަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މެޖޯރިޓީ ހޯދައި ދެއްވާނެ ކަމަށާއި ފުވައްމުލަކުން ރައީސް ސޯލިހަށް ދެއްވަން އޮތީ އޭ ޕްލަސްއެއް ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.
Advertisement

ފުވައްމުލަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މެޖޯރިޓީ ހޯދައި ދެއްވާނެ ކަމަށާއި ފުވައްމުލަކުން ރައީސް ސޯލިހަށް ދެއްވަން އޮތީ އޭ ޕްލަސްއެއް ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު ރަފީގު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލަކުގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފުވައްމުލަކު މޭޔަރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްފައި ހުރި ގޮތުން އަލުން ބަލުން މަޝްރޫއުތައް ފުވައްމުލަކުގައި ހިންގަން ޖެހިފައި ހުރި ކަމަށެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރަނީ ސަރުކާރުން ފުވައްމުލަކަށް ތަރައްގީ ގެނެސްދޭނޭ ކަމުގެ ޔަގީންކަން ލިބިފައި ވާތީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިދިޔަ ހަތަރު އަހަރު ތެރޭގައި އަޅުގަނޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާ ކުރެވިއްޖެ. ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އެމަނިކުފާނަށް އޭޕްލަސްއެއް. އަޅުގަނޑުވެސް ބޭނުންވަނީ ފުވައްމުލަކަށް ޕްލޭންކޮށްފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން. ހަމަ ޔަގީނުން ވެސް ރައީސް ފުވައްމުލަކަށް އިސްކަން ދެއްވައި. ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އިސްކަން ދެއްވާ. އެހެންވެ، އެ ޔަގީންކަމާ އެކު އަޅުގަނޑު ރައީސް އިބޫއަށް ދެވަނަ ދައުރެއް ހޯދަން މި ނުކުތީ. މި ރަށުން ރައީސް ސޯލިހަށް އަޅުގަނޑުމެން މެޖޯރިޓީ ހޯދާނަން.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގެ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ފުވައްމުލަކަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ރައީސްއަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސް މިއަދު ކެމްޕެއިން ހަރަކާތްތުގައި ފުވައްމުލަކަށް ވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވަނީ، ރޭ މާލޭގައި ބޮޑު ކެމްޕެއިން ޖަލްސާއެއް ބާއްވަވާފަ އެވެ. އާޓީފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއިރު، މިއީ ފަހުގެ ތާރީހެއްގައި މާލޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި ޖަލްސާއަށް ހާޒިރުވި އެންމެ ގިނަ މީހުން ތިބި ޖަލްސާ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް