މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާއިރު، މިހާރު ވަނީ އެ ކަމަށްޓަކައި ގާއިމުކުރި ވަސީލަތްތައް ޓެސްޓްކުރަން ފަށާފައެވެ.
އެއާޕޯޓުގައި ތަރައްގީ ކުރާ ފިއުލް ފާމް
އަމިއްލަ މީހުންގެ ޖެޓް ގިނަ އަދަދަކަށް ޖައްސާ މި އެއާޕޯޓަކީ ރާއްޖޭގެ އުތުރުން ނ. އަތޮޅުގައި ހިންގަމުންދާ އެއާޕޯޓެކެވެ. ނ. އަތޮޅާއި އެ ސަރަހައްދުގައި ހިންގަމުންދާ މަތީ ފަންތީގެ ގިނަ ރިސޯޓުތަކަށް އަންނަ މުއްސަނދިންގެ ޖެޓުތައް ޖައްސަމުންދަނީ މާފަރު އެއާޕޯޓަށެވެ. ވަގުތީ ފިއުލް ފާމަކާ އެކު، ތެޔޮ ވިއްކަން ފަށަން ނިންމާފައިވަނީ އެއާޕޯޓުން ތެޔޮ ލިބެން ނުހުންނާތީ ޖެޓު އޮޕަރޭޓަރުންގެ ފަރާތުން އެ ޝަކުވާ ލިބެމުންދާތީއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;