ads
ކޫއްޑޫ ބަންދަރު ހެދުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޫއްޑޫ ބަނދަރުގެ އީއައިއޭގެ މަސައްކަތް ފަށައިފި
ގއ. ކޫއްޑޫ ބަނދަރު އީ.އައި.އޭ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ކޫއްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. މި ޕްރޮޖެކްޓް އެ ކުންޏާއި ހަވާލުކުރީ ފިޝަރީޒް މިނިސްޓްރީންނެވެ.

އެމްޓީސީސީން ބުނީ ކޫއްޑޫ ބަނދަރު ހެދުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތް ނިމުނުހާ އަވަހަކަށް ބަނދަރުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ޖުމްލަ 78.37 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެއެވެ.

އަދި 33,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުންވެސް މި މަޝްރޫއުގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރެވޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް