ads
ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ސްވިޑަންގައި ޤުރުޢާން އެންދުން ރާއްޖެއިން ކުށްވެރިކޮށްފި
ސްވިޑަންގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ސިޔާސީ ފަރާތްތަކުން އިއްޔެ އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ބޭއްވި އިހުތިޖާޖްގައި ކީރިތި ޤްރުޢާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ސްވިޑަންގެ ސަރުކާރުންގެ ހުއްދައާއި އެކު ޤްރުޢާން އެންދި މައްސަލާގައި އިސްލާމީ ގައުމުތަކުން އަންނަނީ ސްވިޑަންއަށް ފާޑުކިޔައި، އެއަމަލު ކުށްވެރި ކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ގުރުއާން އަންދައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ސްވިޑަންއާއި ތުރުކީއާއި ދެމެދު މައްސަލަ ހޫނުވެފައިވަނީ ސްވިޑަން ނޭޓޯގައި ބައިވެރިވުމަށް ހުށަހެޅު ހުށަހެޅުމަށް ތުރުކީން ކުރިމަތިކުރުވި ޝަރުތުތަކާއި ގުޅިގެންނެވެ. ތުރުކީން ގަބޫލުކުރާގޮތުގައި ސްވިޑަންއިން ގެންދަނީ ތުރުކީގެ ދާހިލީ ކަންކަމުގެ ތެރެއަށްވަދެ ތުރުކީއާއި ދެކޮޅު މީހުނަށް ހިމާޔަތް ދެމުންނެވެ.

އެގޮތުން ސްވިޑަންގައި ހިމާޔަތުގައި ތިބި ކުރުދީމީހުންގެ ތެރެއިން ތުރުކީން ބޭނުންވާ ލީޑަރުން ތުރުކީއާއި ހަވާލުކުރުމަކީ ތުރުކީގެ ޝަރުތެކެވެ. ނަމަވެސް އެކަމާ ސްވިޑަން އަދި އެއްބަހެއް ނުވެއެވެ. އިއްޔެ ތުރުކީ އެމްބަސީ ކައިރީ މުޒާހަރާކޮށްފައިވަނީ ކުރުދީ ދަރިކޮޅު މީހުންނާއި އެމީހުނަށް ތާއީދުކުރާ މީހުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް