ads
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން
މަތީތައުލީމްގެ ލޯނަށް ދެ ބިލިއަނެއްހާ ރުފިޔާ ނުދައްކާ: އޮޑިޓް
އެކި ސްކީމްތަކުގެ މަތީ ތައުލީމަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް 1.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްގައި ވާގޮތުން ލޯނު ނުދައްކާ އޯވަޑިއު އެމައުންޓްގެވެސް 2021 ގެ ނިޔަލަށް 186.4 މިލިއަން ރުފިޔާއަށްވަނީ އަރާފައެވެ. އަދި އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްވެސް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ.

މީގެއިތުރުން ރަނގަޅަށް ހިސާބުތައް ބަލަހައްޓާފައި ނުވާތީ މަތީ ތައުލީމަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް ލިބެންޖެހޭ ފައިސާގެ ސައްހަކަންވެސް ކަށަވަރު ނުވާކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލްތައް ގާއިމްކޮށްފައި ނުވާކަމަށާއި އެކި ސްކީމްތަކުގެ އޯވަޑިއުގެ ގޮތުގައި ބަޔާންކޮށްފައިވާ 105.3 މިލިއަން ރުފިޔާއަކީ ސައްހަ އަދަދުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް