ރޯދަ މަހާ ދިމާކޮށް އެސްޓީއޯގެ ފިހާރަތަކުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ 'ރަމަޒާން ބާޒާރު'ގެ މި އަހަރުގެ ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

Advertisement
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ 'ރަމަޒާން ބާޒާރު' އިފްތިތާހުކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
'ރަމަޒާން ބާޒާރު':
- ޕްރޮމޯޝަން ކުރިއަށް ދާނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް
- މަކިޓާ ޝޯ ރޫމް އަދި ނިޕޯން ރަމަޒާން ބާޒާރު ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހު
- އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުންވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ
- އެސްޓީއޯ އިން ވިއްކާ މުދަލުން ޑިސްކައުންޓްތައް ލިބޭނެ
ޕްރޮމޯޝަންގައި ބައިވެރިވުމަށް:
- 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ
- ހުރިހާ ފިހާރަތަކުންވެސް ނަސީބުވެރި އެއް ފަރާތް ހޮވާނެ
- ޕްރޮމޯޝަންގެ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެއް