
އެކޯޕަރޭޝަނުން ބުނީ ރޯދަ މަހުގެ ފަހު 10 އަދި ހަ ރޯދަ ހިމެނޭގޮތަށް އުމްރާ ވުމަށް ބޭނުންވަ ފަރާތްތަކަށް އުމްރާއަށް ރެޖިސްޓްރީ ވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ރޯދަމަހާއި ދިމާކޮށް 18 ދުވަސް އަދި 25 ދުވަހުގެ އުމްރާ ޕެކޭޖްތަކަށް މިހާރު ރެޖިސްޓްރީ ކުރެވޭނެ ކަމަށާއި މީގެތެރެއިން 25 ދުވަހުގެ އުމްރާ ޕެކޭޖް ފަރުމާކޮށްފައިވަނީ ރޯދަ މަހުގެ ފަހު 10 އަދި ހަ ރޯދަ ހިމެނޭގޮތަށް ކަމަށެވެ.
އެގޮތުން 18 ދުވަހުގެ ބޭސިކް ޕެކޭޖެއްގެ އަގު 35465 ރުފިޔާއަށް ހުރިއިރު 18 ދުވަހުގެ ޕްރިމިއަމް އުމްރާ ޕެކޭޖްގެ އަގަކީ 36965 ރުފިޔާއެވެ.
އަދި 25 ދުވަހުގެ ބޭސިކް އުމްރާ ޕެކޭޖެއްގެ އަގު 37465 ރުފިޔާގައި ހުރިއިރު 25 ދުވަހުގެ ޕްރިމިއަމް އުމްރާ ޕެކޭޖެއްގެ އަގަކީ 38865 ރުފިޔާއެވެ.
ހައްޖުކޯޕަރޭޝަނުން ބުނީ އިތުރު މައުލޫމަތު ހޯދުމަށް، 3011000 ގުޅުމުން ނުވަތަ 7961012 އަށް ވައިބަރ ކުރުމުން މައުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.