ads
ރައީސް ސޯލިހު ގުރައިދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވަނީ
ކެމްޕެއިން އަށް ރައީސް ސޯލިހު މާލެ އަތޮޅުގެ ރަށްތަކަށް
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިން އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ކ. ގުރައިދޫއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ގުރައިދޫއަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ. އެމަނިކުފާނު މިއަދު އެރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ މައުލޫމާތު ދެއްވާފަ އެވެ. 

ގުރައިދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރައީސް ސޯލިހު ކާށިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ. ގުރައިދޫއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ތިބި ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ، ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، ރައީސް ސޯލިހު ގެންދަވަނީ، ގިނަ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. އަދި އެރަށްތަކުން އެމަނިކުފާނަށް ބޮޑު ތަރުހީބެއް އޮތްކަން ފެންނަ މަންޒަރުތަކުން ހާމަވެގެންދެ އެވެ. 

މި އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ރައީސް ނަޝީދުވެސް ގެންދަވަނީ ފޯރީގައި ކެމްޕެއިންގެ ހަރަކާތްތައް ހިންގަވަމުންނެވެ. މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތައް ހިންގަވަމުން އަންނަ އިރު، އެމަނިކުފާނަށް ލިބެމުންދަނީ، ފިނި ތަރުހީބެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގެ ފޯރިގަދަވެފައި ވާއިރު، ދެ ބޭފުޅުންވެސް ގެންދަވަނީ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް