ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅި ހިއްކުމުގެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން ދާނެ: ރައީސް
ކ. އަތޮޅު ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށިގެން ދާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން މިއަދު ރައީސް ސޯލިހު ވަނީ، ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. 

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ގުރައީދޫ ދާއިރާގެ ތިން ރަށަށް ވަޑައިގަތުމުންވެސް ރަށުގެ ރައްޔިތުން ދެއްކެވީ ރަށުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކަމަށާއި، ސަރުކާރުން ވެރިކަމަށް އައުމަށްފަހު ރައްޔިތުން ބޭނުންވި ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ފެށިކަމަށެވެ. 

އެގޮތުން މާފުށީގެ ބިން ހިއްކުމާއި، ގުރައީދޫގެ ބިން ހިއްކާ، އެ ދެ ރަށުގެ ރައްޔިތުންނަށް ދަތުރުދެވޭނެ ތަނެއްވެސް ހިއްކަވާފައި ވާކަމަށް ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި މި އަހަރު ތެރޭ ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. 

"ގުޅި ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ފެށި އެކަން ރަށުގެ ރައްޔިތުންނަށް އަމަލީ ގޮތުން ފެނިގެން ދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ވަކި ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށްވެސް އެއް ހަމައަކުން ކަންކަން ކޮށްދެއްވުން ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ދިނުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކަންކަން ކޮށްދިނުމަކީ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

އެހެން ނަމަވެސް ޕާޓީގެ ބައެއް ބޭފުޅުން އެކަމަކީ ބޭކާރު ކަމެއްގެ ގޮތުގައި މިހާރު ދެކޭ ކަމަށާއި، އެކަމަށް އެމްޑީޕީގެ މެމްބަރުން ވިސްނަން ޖެހޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް