ads
ރައީސް ސޯލިހް މިއަދު ތޮއްޑޫގައި
ރިބަން ކަނޑާނަމަ މުޅި އަހަރު އެކަމަށް ހުސްވާނެ މަޝްރޫއު ނިންމޭނެ: ރައީސް
މިސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ނިންމާ މަޝްރޫއުތަކުގެ ރިބަން ކަނޑާނަމަ މުޅި އަހަރު އެކަމަށް ހުސްވާނެ މަޝްރޫއު މިދައުރުގައި ނިންމެނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު އއ ތޮއްޑޫގައި ސަރުކާރުގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިބަން ކަނޑަނަމަ މިދައުރުގެ ބާކީ އޮތްބައިގައި ރިބަން ކެނޑުނުން ކަމަކަށް ވަގުތު ނޯންނަވަރަށް މަޝްރޫއުތައް ނިމެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގާއިރު މާލެއާއި އަތޮޅުތެރެއާއި އުތުރާއި ދެކުނުވެސް ތަފާތު ނުކުރާކަމަށެވެ. އަދި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމްވެ ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖެގެ 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނާއި ނަރުދަމާ ގާއިމް ކުރެވިފައިވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭނެ ވަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭޖެތެރެއިން ގިނަ މަސައްކަތްތައް އޮގަސްޓްމަހާއި ހަމައަށްދާއިރު މުޅިން ނިންމާލެވޭނެކަމަށާއި މިހާރުވެސް ބައެއް މަސައްކަތްތައް ނިންމަ ރިބަން ކަނޑަން ޖެހިފައިވާ ކަމަށެވެ.

"ރިބަން ކަނޑަން ޖެހޭކަމަށްވަންޏާ، ދައުރުގެ ބާކީ އޮތް ބައިގައި އެކަން ކޮށްފަ ދެން އެހެން ކަމެއް ކުރާނެ ވަގުތު ނޯންނަވަރަށް މަޝްރޫޢުތައް ނިމޭނެ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު، ރައީސް ސޯލިހްއާއި ރައީސް ނަޝީދުވެސް ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް