ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
އެމްޑީޕީ ސިޔާސަތު ތަންފީޒު ނުކުރެވެނީ ކޯލިޝަނާއި ހެދި: ރައީސް ނަޝީދު
ސަރުކާރަށް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސޯލިޝަނާއި ހެދިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ކެމްޕެއިން ދަތުރުފުޅުގައި އައްޑޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރަށްވަ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގެ ދައުރު ނިމެންދާއިރު، މި ސަރުކާރަށް ތަންފީޒު ކުރެވުނީ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން މަދުކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަތުރު ފަތުރުގެ ނިޒާމު ގާއިމް ކުރުމަށް މަސައްކަތް ކުރުމާއި ޓެކްސް ނެގުންފަދަ މަދުކަމެއް ރައީސް ސޯލިހްގެ ސަރުކާރަށް ތަންފީޒު ކުރެވުނުކަމަށެވެ. ނަމަވެސް އެއާއި ވިދިގެން ދެން ތަންފީޒުކުރަންޖެހޭ އެހެން ސިޔާސަތުތައް ސަރުކާރަށް ތަންފީޒު ނުކުރެވޭކަމަށާއި އެކަން އެގޮތަށްވަނީ ކޯލިޝަން ބޭނުންވަގޮތަށް ކަންކަން ކުރަން ޖެހުމުންކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާއި ފެނާއި ކަރަންޓްގެ އަގު ހެޔޮކުރުމާއި އެގްރި ވިޔަފާރީގެ ސިޔާސަތު ތަންފީޒު ކުރުމަކީވެސް އެމްޑީޕީ ސަރުކާރަކުން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ފައްކާކޮށް ފުރިހަމަކުރުމާއި މަސްވެރިންކަމަށް ނަފާވާނެ އިގްތިސާދީ ހަރަކާތް ހިންގުމަކީވެސް އެމްޑީޕީގެ ސިޔާސަތުތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް ސަރުކާރަށް ތަންފީޒު ނުކުރެވޭކަމަށާއި އެކަން އެގޮތަށްވަނީ ކޯލިޝަން ރުއްސަން ރައީސް ސޯލިހްއަށް ޖެހިވަޑައިގަންނަވާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ރިޔާސީ ޕްރައިމަރީ ކުރިއަށްދާއިރު، ރައީސް ސޯލިހުއާއި ރައީސް ނަޝީދުގެ ދެމެދުގައިދަނީ ބަހުގެ ހަމަލާތައް އިތުރު ވަމުންނެވެ.

ރިިޔާސީ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް