ads
ލަންކާގެ ބާޒާރެއް: އެ ގައުމުގެ ސަރުކާރުން ދަނީ ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމުން - ފޮޓޯ:ރޮއިޓާސް
ސްރީ ލަންކާގެ އިންފްލޭޝަން ދަށަށް
ސްރީލަންކާގެ ނޭޝަނަލް ކޮންސިއުމަ ޕްރައިސް އިންޑެކްސް، ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު 65 އިންސައްތައަށް މައްޗަށް ދިއުމަށްފަހު ޑިސެމްބަރު މަހު 59.2 އިންސައްތައަށް ދަަަށްވެފައިވާ ކަމަށް އެ ގައުމުގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުގައި މީގެ އަހަރެއްހާ ދުވަހުގެ ކުރި އާ އަޅާބަލާއިރު، ޑިސެމްބަރު މަހު ކާބޯތަކެތީގެ އަގުތައް ވަނީ 59.3 އިންސައްތަ އަށް މައްޗަށް ގޮސްފައެވެ. އެ ނޫން ތަކެތީގެ އަގުތައް 59 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކޮލަމްބޯގައި ހުންނަ ފަސްޓް ކެޕިޓަލް ހޯލްޑިންގްސްގެ ރިސާޗް ހެޑް ޑިމަންތާ މެތިވް ލަފާކުރައްވާ ގޮތުގައި މާޗް މަހުގެ ނިޔަލަށް އިންފްލޭޝަން ގާތްގަނޑަކަށް 51 އިންސައްތައަށް އަރާނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެކަމަށް ވަގުތު ނަގަނީ ހަކަތައިގެ އަގު ބޮޑުކުރާނެކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާތީ ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން މި ބަލަނީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގާތްގަނޑަކަށް 10 އިންސައްތަ އިންފްލޭޝަނަކަށް،" ޑިމަންތާ ވިދާޅުވިއެވެ.

އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ފާއިތުވެދިޔަ އަހަރު ލަންކާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓްތައް ވަރަށް ބޮޑަށް މަތިކޮށްފައިވާއިރު، އައިއެމްއެފުން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ރޭޓުތައް އެއްވަރެއްގައި ހިފަހައްޓާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް