ads
ކުވައިތް
ކުވައިތުގައި މާބަނޑު މީހަކު ރޭޕް ކުރުމަށްފަހު، އަންދާލައިފި
ކުވައިތުގައި މާބަނޑު އަންހެނަކު ރޭޕް ކުރުމަށްފަހު، އަންދާލި ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ތަހުގީގުގައި އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އިންޓީރިއާ މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

މިމައްސަލަ ތަހުގީގުކުރަން ފެށީ، ހޮނިހިރު ދުވަހު އެގައުމުގެ މަގެއްމަތިން ކާކުކަން ނޭންގެވަރަށް އަންދާލާފައި އޮތް މީހަކު ފެނުމުންނެވެ. އެމީހާގެ ނިޔަފަތީގެ ސާމްޕަލް ނަގައިގެން ކުރި ތަހުގީގުން އެއީ ކާކުކަން ދެނެގަނެވުއިރު އޭނާ ބަނޑުބޮޑުކަންވެސް އޮޓޮޕްސީ ރިޕޯޓުން ވަނީ އެނގިފައެވެ.

ކުވެއިތުގައި މަސައްކަތްކުރާ ފިލިޕީންސަށް ނިސްބަތްވާ އެ އަންހެންމީހާގެ އައިޑެންޓިޓީ ސާފުވުމުން އަދި އޭނާ މާބަނޑުކަން އެނގުމުން ޝައްކުކުރެވޭ މީހާހޯދުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރުމުން އޭނާ ފިލިއެވެ. ނަމަވެސް އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީއެވެ. 

"މައްސަލަ ފެންމަތިވިތާ 24 ގަޑިއިރުވެސް ނުވަނީ މިކަމުގެ ހަގީގަތް ހޯދާ މުޖްރިމު މިހާރުވަނީ ހައްޔަރުކޮށްފައި، މިއީ ސަލާމަތީ ބާރުތަކުން ހިންގި ކަމިޔާބު އޮޕަރޭޝަނެއް" އިންޓީރިއަ މިނިސްޓްރީން ބުނެފައި ވެއެވެ.

އަންހެންމީހާ ރޭޕްކޮށް މަރާލުމަށްފަހު، އަންދާލުމުގެ ތުހުމަތު މުޖްރިމަށް ކުރެވޭއިރު، އޭނާ އެކަންކަމަށް އިއުތިރާފް ވެފައިވާކަމަށްވެސް ކުވައިތުގެ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ.

19%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް