ads
މީގެ ކުރިން ބޭއްވި މިނިވަން މުއައްސަސާގެ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން---މަޖިލިސް އިދާރާ
ސީއެސްސީގެ ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
Advertisement

އެގޮތުން ކޮމެޓީީން ވަކިކުރުމަށް ނިންމާފައިވާ ހަތަރު ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. 

ހަތަރު މެމްބަރުން ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު އެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.  

އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މިނިސްޓަރުން ވަނީ ސީއެސްސީގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ބައެއް ކަންކަން ކޮށްދިނުމުގައި މިނިސްޓްރީތަކުން ބޭނުންވާ ސްޕީޑާ އެއް ވަރަށް ވެސް ސީއެސްސީއަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް