
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ފަރާތެއް ކުރިމަތިލާފައިވާއިރު، އެ މަގާމަށް ނަގާނީ ދެ ފަރާތެކެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ ނަންތައް މިއަދު ޖޭއެސްސީން އާއްމު ކުރިއިރު، ބައެއް މެޖިސްޓްރޭޓުންނާއި ގާނޫނީ ދާއިރާގެ އެހެން ބައެއް ބޭފުޅުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަމުންދާ ބައެއް މީހުން ތިބި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
4. އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
5. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
6. ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
7. އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
8. ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ
9. ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
10. އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ. ކްރިމިނަލް ކޯޓަށް ދެ ގާޒީން ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހައިކޯޓަށްވެސް ދެ ފަނޑިޔާރުން ހޯދުމަށްވަނީ އިއުލާންކޮށްފައެވެ.