ads
ކަނޑުހުޅުދޫގައި ބަޔަކު ސާފުކުރުމުގެ މަސައްކަތުގައި
ކަނޑުހުޅުދޫން ކައުންސިލުން ފެނުނީ މާލީ ރިޕޯޓް ނެތުމާއި ޕެންޝަން ނުދިނުން
ގއ ކަނޑުހުޅުދޫ ކައުންސިލުން ގާނޫނުގައި ބުނާގޮތަށް މާލީ ރިޕޯޓް ތައްޔާރުކޮށް ހުށަނާޅާކަމަށާއި ބައެއް މުވައްޒަފުންނަށް ޕެންޝަން ނުދޭކަމަށް އެކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް ނެރުއްވި 2021 ވަނަ އަހަރުގެ ކަނޑުހުޅުދޫ ކައުންސިލްގެ ހަ ސަފްހާގެ ކުރު އޮޑިޓް ރިޕޯޓްގައި، ބުނެފައިވާގޮތުން ކައުންސިލްގެ ވަގުތީ މުއްދަތުގައި، އެކައުންސިލްގެ އާމްދަނީއާއި ހަރަދު އަދި މިލްކިއްޔާތާއި ގުޅޭ މާލީ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވެއެވެ.

އެ ރިޕޯޓަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ރިޕޯޓެއްކަމަށާއި ނަމަވެސް ކައުންސިލްގެ ތިން ވަނަ ދައުރަށް އިތުރު ކުރެވުނު ވަގުތީ މުއްދަތުގެ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ތިން ވަނަ ދައުރުގެ ވަގުތީ މުއްދަތަކީ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކައުންސިލްގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ދެވުނު މުއްދަތެވެ.

މީގެއިތުރުން ކަނޑުހުޅުދު ކައުންސިލަށް ނެގި ބައެއް މުވައްޒަފުން ޕެންޝަނަށް ރެޖިސްޓްރީ ކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިޖްތިމާއީ ސަހަރައްދު ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުންނާއި ވޭޖް އުސޫލުން ވަގުތީ އިމާމެއްގެ ގޮތުގައި ނެގި މުވައްޒަފުވެސް ޕެންޝަންގައި ރެޖިސްޓްރީ ކޮށްފައި ނުވާކަމަށް 2021 ވަނަ އަހަރުގެ ކަނޑުހުޅުދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް އެއީ ގާނޫނު ބުނާގޮތުން ޕެންޝަން ހައްގު ބައެއްކަމަށްވެސް އޮޑިޓްގައި ފާހަގަ ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް