
މާލެ ސިޓީ --- ފޮޓޯ: ސަން
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
މުހައްމަދު ރީހާން
24 ޖެނުއަރީ 2023 - 17:03:14
ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި ހުންނަ ކުޅޭ އެއްޗެހި ވިއްކާ ފިހާރައެއް ކައިރީ ހުރި މީހަކަށް ދެ ސައިކަލެއްގައި އައި ބަޔަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފަ އެވެ.
އެމީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ އެސަރަހައްދުން ދުއްވާފައި ދިޔަ ކާރަކަށް އަރުވައިގެން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފަހަކަށްއައިސް އައިސް މާލޭގައި މާރާމާރީތައް އިތުރުވަމުން އަންނަ އިރު، މިދިޔަ ހަފްތާގެ ބުދަދުވަހުގެ ރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ވަނީ ޒަހަމް ކޮށްލައިފަ އެވެ.
މިއަދު މާލޭގައި ހިނގި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް