ads
އަހްމަދު ނިހާން ހުސައިން މަނިކު
ހަތަރު މިލިއަން ދެއްކުމަށް ފަހު ނިހާން ޕްލެޓިނަމް ފްލެޓް މިލްކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް މިލްކުކޮށްފިއެވެ.
Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް މިލްކު ކުރިކަން އެނގުނީ، ނިހާން އަދި، މުހައްމަދު އިނާން ހުސެއިން މަނިކުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް "ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީ" އުސޫލުން ހޯދާފައިވާ ޕްލެޓިނަމް ފްލެޓަށް ފައިސާ ނުދައްކައިގެން އިސްލާމިކް ބޭންކުން ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމުމުންނެވެ. 

ސިވިލް ކޯޓުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ފެސިލިޓީގެ އަގަކީ 4،023،314.19 (ހަތަރު މިލިއަން ތޭވީސް ހާސް ތިން ސަތޭކަ ސާދަ ރުފިޔާ ސާޅީސް ނުވަލާރި)އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން އަދި އިނާންވަނީ މި ފައިސާ އެއްކޮށް ދައްކައި ނިންމާފައި ކަމަށް މިދިޔަ އޮކްޓޫބަރު މަހު އިސްލާމިކް ބޭންކުންވަނީ ސިވިލް ކޯޓަށް އަންގާފައެވެ.

އިސްލާމިކް ބޭންކަށް ފައިސާ ނުދައްކައިގެން، ޕްލެޓިނަމް ފްލެޓް ވިއްކާލުމުގެ ހުއްދައަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ނިންމާފައިވާއިރު، މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ ނިހާން އަދި އިނާން އެ ފައިސާ އެއްކޮށް ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިސްލާމިކް ބޭންކުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން މިއަދުވަނީ އެ މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ. 

ޕްލެޓިނަމް ފްލެޓަށް ނިހާން ހަތަރު މިލިއަން ދައްކާފައިވާ ކަމަށް ސިވިލް ކޯޓުގެ ރިޕޯޓުން މިއަދު އެނގުނުއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ނިހާން ހަސަން މަނިކުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓޫގައި ހަ ދައުވާއެއް އުފުލާފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއާއި, ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުުވާއާއި, މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ.

40%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް