ads
އަލްހާން ފަހުމީ
ކިންގްސްގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން، ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ޕްލެޓްފޯމް ކިންގްސް ކެޕިޓަލްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް، ކިންގްސް ކެޕިޓަލުން އުފުލި ދައުވާގެ ހުކުމް މިއަދުކޮށްފައިވާއިރު، ހުކުމްގައި ބުނެފައިވަނީ ކިންގްސް ކެޕިޓަލްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ކިންގްސް ކުންފުންޏަށް އޮންނާނެ ކަމަށެވެ. ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށް ސްކީމް ހިންގަމުން ދަނިކޮށް ބޭންކުން އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓީ މިދިޔަ އަހަރުއެވެ.

އެކައުންޓްތައް ހިފެހެއްޓުމާ ގުޅިގެން ކިންގްސް ކެޕިޓަލުން ބޭންކާ ދެކޮޅަށް ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ހުކުމުގައިވެ މިއަދު ކުރި ހުކުމުގައިވެއެވެ. އަދި ބޭންކުގެ އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ކިންގްސް ކުންފުނީގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކުރެއެވެ.  

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް