ads
އާތިފް
ގިނަ ދުވަސްތަކަކަށް ފަހު އާތިފްގެ މައްސަލަ ތާވަލަށް
މަނިޓަރީ އޮތޯރިޓީޣެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ޝަރީއަތުގެ އަޑު އެހުމެއް ގިނަ ދުވަސްތަކަށް ފަހު މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
Advertisement

2020 ވަނަ އަހަރު ދައުލަތުން އުފުލާފައިވާ މި ދައުވާގައި މިއަދުގެ އަޑު އެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ކަނޑައަޅާފައިވަނީ މިއަދު މެންދުރު 1:30 ގައި އޮންލައިންކޮށެވެ. މި މައްސަލަ މަދަނީ މިންގަނޑަށް ފެތޭ ކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ކުރިންވަނީ ނިންމާފައެވެ.

ދައުލަތުން އާތިފްއާ ދެކޮޅަށް މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފްވުމުގެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާގެ ހައިސިއްޔަތުން އެ މައްސަލަ ފުލުހަށް ހުށަހަޅަން އެތައް ފަހަރަކު މަސައްކަތް ކުރެއްވި ކަމަށާއި އެކަމަށް ހުރަސް އެޅުއްވީ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ކަން ދޭހަވާ މޭރުމަކުން އިބްރާހީމް އާތިފް ޝަކޫރު ކުރިންވަނީވާހަކަ ދައްކަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް