ads
ހެވީވެއިޓް ބޮކްސިން ޗެމްޕިއަން މައިކް ޓައިސަން
ދުނިޔޭގެ އެންމެ ނުލަފާ މީހާ، 20 އަހަރު ކުރިން ކުރި ރޭޕެއްގެ މައްސަލަ ބަލަނީ
މީގެ 20 އަހަރު ކުރިން އެމެރިކާގެ ހެވީވެއިޓް ބޮކްސިން ޗެމްޕިއަން މައިކް ޓައިސަން އެމެރިކާގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެމެރިކާ ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

އޭނާ ބޮކްސިން ތެޅުންތެރިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ "ބޭޑެސްޓް މޭން އޮން އާތް" ނުވަތަ ދުނިޔޭގައި ހުރި އެންމެ ނުލަފާ މީހާގެ ނަމުންނެވެ. 

މި މައްސަލަ ޖެއްސި އަންހެން މީހާ ވަނީ އެނާގެ ވަނަވަރު ފޮރުވާފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޓައިސަން އޭނާއަށް 1990 ގެ އަހަރުތަކުގެ ކުރީކޮޅު ނައިޓް ކުލަބަކަށް ދާން ދައުވަތު ދިން ކަމަށެވެ. އަދި އެނާ ރަހުމަތްތެރިއަކާއެކު ނައިޓްކުލަބުގައި އޮތް ޕާޓީއެއްގައި ޓައިސަން އާއެކު ބައިވެރިވިކަމަށެވެ. 

"ޕާޓީއަށް ފަހު ޓައިސަންގެ ލިމޯ ކާރުތެރޭ ބޮސް ދޭން މަސައްކަތް ކުރުމުން އެކަން ނުކުރަން ބުނިން. ދެން އޭނާ ރުޅިގަދަވެ އަޅުގަނޑު ބަރަހަނާކޮށް އަނިޔާވެރި ގޮތަކަށް ރޭޕް ކުރި،" މައްސަލަ ޖެއްސި މީހާގެ ގާނޫނީ ވަކީލު ޑެރެން ސެއިލްބެކްއާ ހަވާލާދީ ފޮކްސް ނިއުސްގައި ބުނެފައިވެއެވެ. 

މި މައްސަލަ ޖެއްސި މީހާ ވަނީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެދިފައެވެ. 

މައްސަލަ ޖެއްސި މީހާގެ ގާނޫނީ ވަކީލު ބުނީ އަނިޔާ ލިބުނު އަންހެން މީހާގެ ވަނަވަރު ހާމަކުރެވެން ނެތީ އޭނާއަށް އިތުރު ފުރައްސާރައާ ކުރިމަތިލާން ޖެހިދާނެތީކަމަށެވެ. 

"ވަރަށް ބޮޑަށް ޔަގީންކުރެވޭ މިއީ ހިނގާ ގޮސްފައިވާ ހާދިސާއެއް ކަމަށް،" ގާނޫނީ ވަކީލު ބުނެފައިވެއެވެ. 

މައިކަލް ޖެރާޑް ޓައިސަން އަކީ 1985 އިން 2005 އަށް ވާދަކުރި އެމެރިކާގެ ކުރީގެ ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިއެކެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ބޮކްސިން ތެޅުންތެރީގައި އެނާ ހިމެނެއެވެ.

31%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް