ads
ބީއެމްއެލުން ރަހުނަކާ ނުލާ ދޫކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ވަނީ ބަދަލު ގެނެސްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލޯނާއި ފައިނޭންސިން ދޫކުރަނީ
ބީއެމްއެލުން ރަހުނަކާ ނުލާ ދޫކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ އެ ބޭންކުން ދޫކުރަމުން އައި ލޯނާއި ފައިނޭންސިން ލިމިޓް އިިތުރުކޮށްފައިވާ ކަމަށާއި މިހާރު 1.2 މިލިއަން ރުފިޔާ އަށް ރަހުނަކާއި ނުލާ ލޯނާއި ފައިނޭންސިން ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނި ގޮތުގައި މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނުތައް ދޫކުރަމުން ދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައެވެ. އެގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ބޭންކުގެ ކަސްޓަމަރުންނަށް 1.2 މިލިއަން ރުފިޔާ އާއި ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ. މި ބަދަލާ އެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށް ވެސް ބަލާނެކަމަށް ބީއެމްއެލުން ބުނެއެވެ.

"އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މި ގެނެވުނު ބަދަލާ އެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ވަނީ ފަހިވެފައި. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާ ފަދަ އަދި އުންމީދު ކުރާ ފެންވަރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާރލް ސްޓުމްކަ

ބީއެމްއެލުން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށާއި ފަސް ދުވަހުގެ ތެރޭގައި ޕްރޮސެސް ކުރެވޭނެ ކަމަށެވެ. 

އިތުރު މައުލޫމާތު ހޯދުމަށް:

https://link.bml.com.mv/lui-loan

https://link.bml.com.mv/islamic-personal-financing


29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް