
ވައްކަން ކުރި ގޭގެ އަންހެން މީހާ ޕަރްދޭޝިޕޫރާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ގާތްތިމާގެ މީހެއްގެ ގޮތުގައި އޭނާގެ ގެއަށް އައިސް ލޯބިވެރިޔާއާ އެކު އޭނާގެ ގޭގައި ހުރި ހުރިހާ ގަހަނާއަކާ ފައިސާ ވަގަށް ނަގާފައިވާކަމަށެވެ.
ވައްކަން ކުރި އަންހެން ކުއްޖާހެ ނަމަލޯ އަންޖަލީ އެލިއާސް ޓޫކްޓޫކް، 23 އެވެ.
އަންޖަލީ ވަގަށް ނަގާފައިވަނީ 1،80000 ރުފީޒް އާއި 1،20000 ރުފީޒްގެ އަގު ހުރި ގަނަހަނާއެވެ.
މައްސަލަ ޖެއްސި އަންހެން މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި ރިޕޯޓު ކުރުމުގެ ކުރިން އަންޖަލީއަށް ގުޅައިގެން ގަހަނާ އާއި ފައިސާ އަނބުރާ ދިނުމަށް ވަނީ އެދިފައެވެ. އެ ގަހަނާއާއި ފައިސާ ވަރަށް އަވަހަށް އަނބުރާ ދޭނެކަމަށް ބުނެ ފޯނު ނިވާލާފައިވާކަމަށް ވެސް މައްސަލަ ޖެއްސި މީހާ ވަނީ ބުނެފައެވެ.
އޭނާގެ އާއިލާގެ މީހުންވެސް އަދި ފުލުހުން ވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އަންޖަލީ އައީ އޭނާގެ ލޯބިވެރިއާއެކު އެގެއަށް އައީ ގޭތެރޭގައި މައްސަލައެއް ޖެހުނުކަމަށް ބުނެއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ދެ މީހުން ވައްކަންކޮށްގެން ފިލީ އެއްވެސް މީހެއް ގާތު ނުވެސް ބުނެ ވަރަށް ސިއްރުންނެވެ.
އެއަންހެން ކުއްޖާ މި ވައްކަންކުރީ އޭނާގެ ކައިވެންޏަށް ހަރަދުކުރުމަށް ކަމަށްވެސް ބުނެފައިވާކަމަށް މައްސަލަ ޖެއްސި މީހާ ވަނީ ބުނެފައެވެ.