ads
ގެއްލުވާލާފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ ރިލްވާން އަދި ޔާމީން
ރިލްވާނާއި ޔާމީންގެ މަރުގެ ޝަރީއަތް ކެންސަލް
މަރު ކޮމިޝަނުން ތަހުގީގުކޮށް، ދައުލަތުން ދައުވާކުރި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށް ފަހު އަޑު އެހުން ކެންސަލް ކޮށްފިއެވެ.
Advertisement

މަރު ކޮމިޝަނުން ތަހުގީގުކޮށް، ދައުލަތުން ދައުވާކުރި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި ދަފްތަރު އާރްއެސް 8499، އަހްމަދު މުއާޒު (ގަޓު މުއާ) ގެ މައްޗަށެވެ. މި މައްސަލައިގެ އަޑު އެހުމެއް ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނަށެވެ.

މިއަދު 8:30 އަށް ތާވަލުކުރި އަޑުއެހުން ކޯޓުން ކެންސަލްކުރީ، މިހާރު އަމަލުކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނާ އެއްގޮތަށް، މާއްދީ ހެކި ވަކިން ކެޓަގަރައިޒްކޮށްފައި ކޯޓަށް ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ނޫސްވެރިޔާ ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހަނދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އިސާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، ގަޓު މުއާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ. ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަހަނދަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އިސޫ އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ. އޭގެ އިތުރުން، ދައުލަތުން ބުނެފައިވާ ގޮތުގައި ގަޓު މުއާއަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރި މީހެކެވެ.

ޔާމީންއާ ރިލްވާނުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ދައުލަތާއި ދިފާއުން ވެސް އެދިގެން އަޑުއެހުންތައް ސިއްރު ކުރީ، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީއެވެ.

ރިލްވާނާ ޔާމީންގެ މަރުގެ މައްސަލައަކީ، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް