ads
މީހަކު ވެކްސިން ޖަހަނީ
އުރަމަތީގެ ކެންސަރަށް ކާމިޔާބު ވެކްސިނެއް އުފައްދައިފި
އުރަމަތީގެ ކެންސަރަށް ކާމިޔާބު ވެކްސިނެއް އުފައްދައިފިއެވެ.

މި ވެކްސިން އުފައްދާފައިވަނީ 20 އަހަރު ދުަވަހުގެ މަސައްކަތުންނެވެ. 

މި ވެކްސިން އުފައްދާފައިވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ރިސާޗަރުންގެ ޓީމަކުންނެވެ. 

ބުދަދުވަހު އެ ޔުނިވާސިޓީން ނެރުނު ޖާނަލެއްގައި ބުނެގައިވަނީ މި ވެކްސިން އިންސާނަކަށް ޓެސްޓުކޮށް ކާމިޔާބު ވެފައިވާކަމަށެވެ.  އަދި ވެކްސިނުން ކާމިޔާބުކަމާއެކު ކެންސާރާ ހަނގުރާމަކުރާ އެންޓިބޮޑީޒް އުފައްދާކަމަށެވެ. 

ވެކްސިން އާންމުކޮށް ލިބެން ފާށާނެ ދުވަހެއް އަދި ހާމައެއް ނުކުރެެއެވެ. ނަމަވެސް މި އަަހަރު ތެރޭ ވެކްސިން މާކެޓަށް ނެރުމަކީވެސް އެކަށީގެންވާކަމެކެވެ. 

ދުނިޔޭގައި މިވަގުތު ވެސް ހަތް މިލިއަން މީހުން ގެންދަނީ އުރަމަތީގެ ކެންސަރު ބަލި ތަހައްމަލުކުރަމުންނެވެ. އުރަމަތީގެ ކެންސަރަކީ ދުނިޔޭގައި މިވަގުތު ދައުރުވަމުންދާ އެންމެ ނުރައްކާތެރި ކެންސަރެވެ. 

 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް