
އިންޑިއާގައި ބޮމެއް ގޮއްވާލުން
ޖުމްހޫރީ ދުވަހާ ދިމާކޮށް އިންޑިއާގައި ބޮމެއް ގޮއްވާލައިފި
އައިޝަތު ނޫރާ
26 ޖެނުއަރީ 2023 - 08:57:27
އިންޑިއާގެ މަނިޕޫރުގެ ގާންދީ ސާކަލް ގައި ބޮމެއް ގޮއްވާލައިފިއެވެ.
މި ހަމަލާ ދީފައިވަނީ ބުދަ ދުވަހު ހަވީރު 5:00 ހާއިރުއެވެ. ހަމަލާގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ.
އަނިޔާވި މީހުންގެ ތެރޭގައި އަންހެނެއް ވެސް ހިމެނެއެވެ.
މި ހަމަލާ ދީފައިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ އަމާޒުކޮށް ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެ ގައުމުގެ ޖުމްހޫރީ ދުވަހަކީ 26 ޖެނުއަރީ (މިއަދު) އެވެ.
ހަމަލާގައި ޒަހަމްވީ ތިން މީހުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.
މިހަމަލާގައި ބައެއް ކާރުތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. ގޮއްވާލި ބޮމުގެ އަޑު 2 ކިލޯމީޓަރު ދުރަށް ހުރިކަމަށް ވެސް ރިޕޯޓުތައް ބުނެެއެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައިނުވާއިރު، ހަމަލާދީފައިވާ ސަބަބަކީ ކޮބައިތޯ ސާފުކުރުމުގެ މަސައްކަތް އިންޑިއާ ފުލުހުން ގެންދަނީ ކުރަމުންނެވެ.
67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް