މިއީ މި ހިނގަމުންދާ މަހު މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ވަނީ ރާއްޖޭގެ 15 ރިސޯޓަކުން މި މަހު އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުގެ އިތުރުން، އިތުރު ހަތަރު ރިސޯޓަކުން ވަނީ 3،000 ޑޮލަރަށް (46،260.00 ރުފިޔާ) ވުރެ އިތުރަށް މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދީފައެވެ.
މުވައްޒަފުންނަށް އެންމެ މަތިން ސާވިސް ޗާޖް ދީފައިވާ ރިސޯޓުތަކަކީ:
މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް އެ މަހު 1،645.23 ޑޮލަރު (25،369.45 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ފަހުކޮޅުގަޔާއި ފެށޭ އަހަރުގެ ކުރީކޮޅު ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖް އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު އެ ދުވަސްވަރު އިތުރުވެއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، 133،000 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.