ads
އަލްހާން ފަހުމީ
މަނީލޯންޑަރިންގެ ތަހުގީގަށް އަލްހާން ފުލުހަށް ހާޒިރުވާން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިފި އެވެ.
Advertisement

ފުލުހުން އަލްހާނަށް ފޮނުވި ޗިޓްގައި ވަނީ މިއަދު މެންދުރު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފަ އެވެ. 

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ އަލްހާން އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. 

މިކަމާއި ގުޅިގެން އަލްހާން ވިދާޅުވީ، ފުލުހުން އޭނާއި މެދު ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތު ތަކެއް ކަމަށާއި، އެކަންތަކަށް ކަނޑައެޅިގެން އިންކާރުކުރާ ކަމަށެވެ. އަދި ކިންގްސް ކުންފުނިން ކުރީ ހުއްދަ ވިޔަފާރިއެއްކަން މިހާރު އޮތީ ޝަރީއަތުން ކަނޑައަޅާފައި ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފަ އެވެ. 

އަލްހާން މިހެން ބުނެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް، ކިންގްސް ކެޕިޓަލުން އުފުލި ދައުވާ އާއި ގުޅިގެން ސިވިލް ކޯޓުން ހުކުމް އިއްވަމުން، ކިންގްސް ކެޕިޓަލްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ކިންގްސް ކުންފުންޏަށް އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ކުރި ހުކުމުގައި ބުނެފައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. 

އަދި ބޭންކުގެ އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ބޭންކުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފަ އެވެ. 

އަލްހާން މިއަދު ފުލުހަށް ހާޒިރުވާން އަންގާފައި ވާއިރު، މިމަހުގެ 19 ވަނަ ދުވަހު ފުލުހުން ވަނީ، ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން "ޕޮންޒީ ސްކީމެއް" ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަށް ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ އޮޮފީސް ބަލައި ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް