ads
ރައީސް ނަޝީދު، ހާރޫން އަދި އަމްރު
އެގްރޯނެޓްގެ އެމްޑީ ހާރޫންވެސް ރައީސް ނަޝީދު ފަޅިއަށް
ދަނދުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ހިންގާ ކުންފުނި، އެގްރޯނެޓްގެ މެނޭޖިން ޑިރެކްޑަރު ހާރޫން ރަޝީދު، އެމްޑީޕީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުއަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުއަށް ތާއީދުކުރުމަށް ހާރޫން ނިންމެވިއިރު، އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުވެސް މީގެކުރިންވަނީ ރައީސް ނަޝީދުއަށް ތާއީދު ކުރެއްވުމަށް ނިންމަވައި، ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދުއައި އެކު ފަރިއްކޮޅެއްގައި އަދި ވަކިން ހާރޫން ބައްދަލުކުރައްވާ ފޮޓޯތައް އާއްމުވެފައިވާއިރު، އެ ބައްދަލުވުންތަކުގައި އަމްރުވެސް އިންނަވައެވެ. ހާރޫންއަކީ މީގެކުރިން ރައީސް ސޯލިހްގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ.

ޕްރައިމަރީގައި ވިސްނުން ބަދަލުވިގޮތް ސާފުކުރުމަށް ހާރޫންއަށް ގުޅޭގޮތެއް ނުވިއެވެ.

ނަމަވެސް ބައެއް މީޑިއާތަކަށް ހާރޫން ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރެއްވުމަށް ނިންމެވީ، ސިޔާސީ ޕާޓީގެ ނިޒާމު ގެންނެވުމަށާއި ޑިމޮކްރަސީއަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

އެންޑީޕީގެ ޕްރައިމަރީ ހޮނިހިރު ދުވަހު އޮންނައިރު، ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާ ޖަލްސާމިރޭ އާތިފިޝަލް ބީޗްގައި އޮންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ނިންމާ ޖަލްސާ އޮންނާނީ މިރޭ އައްޑޫ ސިޓީގައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް