ads
ކަރަން ޕަޓޭލް---
ރަމަންގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދި ރަމަން ބައްލާ، އަސްލު ނަމުން ނަމަ ކަރަން ޕަޓޭލް އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދި ރަމަން ބައްލާ، އަސްލު ނަމުން ނަމަ ކަރަން ޕަޓޭލް އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ކަރަން އަށް ދަރިއަކު ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އިންސްޓްގުރާމު މެދުވެރިކޮށް ކަރަންގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރި ނަމަވެސް ދަރިފުޅުގެ މޫނެއް އެފޮތޯއިން ނުފެނެއެވެ.

View this post on Instagram

#RabDiMehr .... 🤗❤️🤗

A post shared by Karan Patel (@karan9198) on


ދަރިފުޅަށް މިހާރު ނަން ކިޔާފައިވާއިރު އެކުއްޖާއަށް ކިޔަނީ މެހެރް އެވެ. މިއީ ކަރަންގެ ފުރަތަމަ ދަރިފުޅެވެ.

އަންކިތާ ވަނީ މީގެ ކުރިންވެސް ބަނޑުބޮޑުވެފަ އެވެ. ނަމަވެސް ބަނޑަށް އެންމެ ހަތަރު މަހުގައި ދަރިފުޅު އޭރު ބައިގެން ދިޔައީ އެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް