ads
ޢަބްދުﷲ ޖާބިރު
ބަންގްލަދޭޝް މީހަކަށް ދޮޅު ލައްކައެއްހާ ރުފިޔާދޭން ޔޮޓް ޓުއާސްއަށް ހުކުމެއް
ބަންގްލަދޭޝްގެ މުވައްޒަފަކަށް މުސާރަ ނުދީ އޮވެގެން ޔޮޓް ޓުއަރސްއާ ދެކޮޅަށް ދައުވާ ކުރުމުން އެ މުވައްޒަފަށް ދޮޅު ލައްކައެއްހާ ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއަރސްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޔޮޓް ޓުއާރސްގެ މައްޗަށް މި ހަފްތާގައި ކުރި މި ހުކުމަކީ، އެ ކުންފުނީގެ ފަރާތުން ހިންގާ ކާސާ މިޔާ ގެސްޓް ހައުސްގެ ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހަކަށް 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުސާރަ ނުދީ އޮތް މައްސަލައެއްގެ ހުކުމެވެ. މި މައްސަލައިގައި އެ މީހާއަށް 8456 ޑޮލަރު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ ޔޮޓް ޓުއާރސްއަށް އަމުރުކޮށްފައެވެ.

ބަންގްލަދޭޝް 6 މީހުންނަށް ލައްކައެއްހާ ޑޮލަރު ދޭން ޔޮޓް ޓުއާރސްއަށް މިދިޔަ އަހަރުގެ ފަހުކޮޅުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައިވެއެވެ. އެއީވެސް މުސާރަ ނުދިން މައްސަލައެއްގައެވެ.

ޔޮޓް ޓުއަރސްގެ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން ލައްކައެއްހާ ޑޮލަރު ދައްކަން އެ ކުންފުންޏަށް އަންގާފައިވާއިރު، އެ ކުންފުނިން އިންޝޫރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރި މައްސަލައެއް ސުޕްރީމް ކޯޓުންވަނީ ދާދި ފަހުން ބަލައި ނުގަންނަން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް