އޮޑިޝާއަށް ނިސްބަތްވާ އަބީނަސް ކާމިޔާބު ކުރީ ފައިނަލްގައި އިތުރު ތިން ބައިވެރިންނާ ވާދަކޮށްގެންނެވެ. މާސްޓާޝެފް އިންޑިއާގެ ލަގަބާއެކު އޭނާ އަށް ވަނީ 25 ލައްކަ ރުޕީސްގެ ފައިސާ އިނާމު ލިބިފައެވެ.
މާސްޓާޝެފް ސީޒަން ހައެއް ލޯންޗުކޮށްފައިވަނީ ތިން އަހަރުގެ މެދުކެނޑުމަށްފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެޝޯ އިންޑިއާގައި ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ 2010 ވަނަ އަހަރުގައެވެ.
މީގެ ކުރިން އެ ޝޯ ކާމިޔާބުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޕަންކަޖް ބަދައުރިއާ އާއި ސުޕްރާ ހަންނާ އާއި ރިޕުދަމަން ހަންޑާ އާއި ނިކިތާ ގާންދީ އަދި ކްރިތީ ބައުޓިކާ ހިމެނެއެވެ.