ads
ޖޮކޮވިޗް
އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް ޖޮކޮވިޗް
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދީ އެމެރިކާގެ ޓޮމީ ޕޯލް ސެމީ ފައިނަލުގައި ބަލިކޮށްގެނެވެ. ސެމީން ޖޮކޮވިޗް މޮޅުވީ 7-5، 6-1، 6-2 ގެ ނަތީޖާއަކުންނެވެ.

 ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދިއިރު، މިމުބާރާތުގެ ސެމީފައިނަލުން ޖޯކޮވިޗް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ރަޝިއާގެ އަންޑްރޭ ރުބްލޭފް ބަލި ކުރުމަށްފަހުއެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ޖޮކޮވިޗް ނުކުންނާނީ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ދެކޮޅަށެވެ. ސްޓެފަނޯސް ސިޓްސިޕާސް ފައިނަލަށް ދިޔައީ ރަޝިއާގެ ކަރެން ކަޗަނޯ ބަލިކޮށްގެނެވެ. ފައިނަލުގައި ޖޮވޮވިޗް އަތުން މޮޅުވެއްޖެ ނަމަ ސިޓްސިޕާސްއަށް ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމެއް ލިބޭނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް