ގިނަ ތަންތަނެއް ގޮއްވާލައިގެން ލަންކާއަށް 2019 ވަަނަ އަހަރުގެ އޭޕްރީލް މަހު ދިން ޓެރަރިސްޓު ހަމަލާ ދިނީ ސަރުކާރާ ފުލުހުން އަދި އިންޓަލިޖެންސް އޮފިޝަލުން ފެއިލް ވެގެން ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ވަނީ ބުނެފައެވެ.
އެކޯޓުން ބުނެފައިވަނީ ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ދުރާލައި ލިބުނު ނަމަވެސް ހަމަލާ ހުއްޓުވުމަށް އެގައުމުުގެ އޭރުގެ ރައީސް އައި ފުލުހުން އަދި އިންޓަލިޖެންސް އޮފިޝަލުން ފެއިލްވިކަމަށެވެ.
މި މައްސަލައިގެ ބަދަލު ހޯދައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެހަމަލާގައި ގެއްލުން ލިބުނު އާއިލާތަކާއި ލަންކާގެ ބާ ކައުންސިލުންނެވެ.
ލަންކާގެ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރުމުނު ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ 2019 ވަަނަ އަަހަރު ދިން އީސްޓާ ސަންޑޭ ބޮމިމް ހަމަލާއެވެ. ޖާނުން ފިދާވުގެން ދިން ހަމަލާތަކުގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭގައި މުޅި ލަންކާގެ ތިން ޗާޗަކާއި ތިން ލަގްޒަރީ ހޮޓަލެއް ގޮއްވާލިއެވެ. މި ހަމަލާތަކުގައި 270 މީހުން ވަނީ މަރާލާފައެވެ. މި ހަމަލާ ދީފައިވަނީ އަށް މީހަކު ބައިވެރިވެގެންނެވެ. އެ ހުރިހާ އެންމެންނަކީ ވެސް ލަންކާގައި އުފެދިފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތަކާ ގުޅުން ހުރި ސްރީލަންކާގެ ރައްޔިތުންނެވެ. މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައިވީ ނަމަވެސް ސީދާ ގުޅުންތަކެއް އެ ޓެރަރިސްޓު ގުރޫޕާ އޮތްކަމަކަށް ތަހުގީގުން ހާމައެއް ނުވެއެވެ.