ads
ދެ ކެންޑިޑޭޓުން ވޯޓު ލައްވަނީ——
ދެ ކެންޑިޑޭޓުން ވޯޓުލައްވައިފި
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން، އެމްޑީޕީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.

ރައީސް ސޯލިހު ވޯޓުލާން އިސްކަންދަރު ސްކޫލަށް ވަޑައިގެން ވޯޓުލެއްވީ، 10:45 ހާއިރު އެވެ. އެމަނިކުފާނު ވޯޓުލެއްވީ އިސްކަންދަރު ސްކޫލްގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. 

އަދި ރައީސް ނަޝީދު ވޯޓު ލެއްވީ 11:00 ހާއިރު ޖަމާލުއްދީންގަ އެވެ. 

މި ޕްރައިމަރީ އަކީ ދެ ރައީސުންނަށްވެސް މުހިންމު ޕްރައިމަރީ އެކެވެ. މި ޕްރައިމަރީގެ ނަތީޖާ ނިކުންނަ ގޮތެއްގެ މައްޗަށް ބިނާކޮށް ދެން ދެބޭފުޅުން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް ސާފުވާނެ އެވެ. ޕްރައިމަރީން ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަން ދެ ކެންޑިޑޭޓުންނަށްވެސް އޮތްއިރު، އިންތިހާބުން ކާމިޔާބު ނުވިނަމަވެސް ރައީސް ސޯލިހް އެދިވަޑައިގަންނަވަނީ އެކީގައި މަސައްކަތްކޮށް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ހޯދުމަށް މަސައްކަތް ކޮށް ދިނުމަށެވެ. 

ޕްރައިމަރީއަށްފަހު ލިބޭ ނަތީޖާއަކުން ރައީސް ނަޝީދު އިހްތިޔާރު ކުރައްވާނެ ގޮތެއް އަދި ސާފުކޮށްދީފައި ެެނުވާއިރު ރައީސް ސޯލިހްގެ ފަހަތުން މަސައްކަތް ކުރަން ޖެހޭނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. އަދި މަސައްކަތް ކުރެވޭނެ ކަމަކަށްވެސް ގަބޫލުނުކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް