ads
ރައީސް ސޯލިހު
މިއަދު ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާނެ: ރައީސް
މިއަދު މި ބޭއްވީ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓަށް ފަހު، ޑިމޮކްރަސީގެ ހަޔާތުން އާ މަންޒަރެއް ފެނިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްކަންދަރު ސުކޫލަށް މިއަދު ވޯޓު ލުމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާ ދުވަހެއް ކަމަށާއި، ވޯޓުލާ ނިމި، ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާނެ ކަމަށެވެ. އަދި ސުލްހަވެރިކަމާ އެކު ވޯޓުލުން ނިމި އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެކުގައި އެންމެން ކުރާ މަސައްކަތުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، މި އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ހިނގާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. 

މި ޕްރައިމެރީގައި ރައީސް ސޯލިހުގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ވޯޓު ލެއްވެވުމަށްފަހު ރައީސް ނަޝީދު އާއި ނޫސްވެރިން ސުވާލު ކުރެއްވުމުން އެމަނިކުފާނު ވަނީ، އިންޓަވިއުދެއްވާނީ ފަހުން ކަމަށް ވިދާޅުވެފަ އެވެ. 

މިއަދު މި ބޭއްވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވޯޓުލުމުގެ ހައްގު 57،000 މެމްބަރުންނަށް ލިބިގެންވާކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް