ads
އުރުގުއޭގެ ކަވާނީ
ހައިޖާނު ހެދި އުރުގުއޭ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފި
ވޯލްޑްކަޕުން އުރުގުއޭ ކެޓި މެޗަށް ފަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އުރުގުއޭ ފެޑެރޭޝަނާ ބައެއް ކުޅުންތެރިންނަށް ފީފާއިން ފިޔަވަޅު އަޅައިފިއެވެ.
Advertisement

ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އުރުގުއޭ އިން ކުޅުނު ފަހު މެޗުގައި އެ ޓީމުގެ ބައެއް ކުޅުންތެރިންވަނީ މެޗު ނިމުމަށް ފަހު ރެފްރީއާ ދިމާކުރުމުގެ އިތުރުން ޓަނަލް ތެރޭ ހުރި ވީއޭއާރު މޮނީޓަރު ވައްޓާލާފައެވެ.

ގަތަރު ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނަތީޖާ ނުކުތް ގޮތުންނެވެ. އެ މެޗުގައި ގާނާ އަތުން 2-0 އިން މޮޅުވި ނަމަވެސް ޕޮއިންޓުން ސައުތު ކޮރެއާއާ އެއްވަރުވެ، ޖެހި ގޯލުން ސައުތު ކޮރެއާ އަށް ކުރި ލިބޭތީ، އުރުގުއޭ ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެ މެޗަށް ފަހު އުރުގުއޭ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން ހިންގި އެ ކަންތައްތަކުގެ ތެރޭގައި މެޗުގެ ރެފްރީގެ ގަޔަށް އަތްލައި، ރެފްރީއާ މުހާތަބުކޮށްފައިވާ ގޮތާއި ދަނޑުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފީފާ އިން ވަނީ ތަހުގީގުކޮށްފަ އެވެ. އަދި އެ ތަހުގީގުގެ އަލީގައި އުރުގުއޭ ފެޑެރޭޝަން ބައިލައްކަ ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ބައެއް ކުޅުންތެރިން ސަސްޕެންޑް ކުރިއެވެ.

އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ އާއި ޑިފެންޑަރު، ހޯސޭ ޖިމެނޭޒް ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެޑިންސަން ކަވާނީ އާއި ޑިއޭގޯ ގޮޑިން ވަނީ ކޮންމެ ކުޅުންތެރިއަކު އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ކުރި ކުޅުންތެރިން ޖޫރިމަނާވެސްކޮށްފައިވެއެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް