
މި މަހުގެ 30 ވާ ހޯމަ ދުވަހަކީ އެލައިޑުގެ 38 ވަނަ އަހަރީ ދުވަހެވެ. އެލައިޑުން ބުނެފައިވަނީ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ފްރަންޓް އޮފީސް، ހ. އޯކިޑުން އެންމެ ފުރަތަމަ ޕޮލިސީއެއް ގަންނަ 38 ފަރާތަކަށް ހިލޭ ކަލަންޑަރެއް ލިބޭނެ ކަމަށެވެ.
އެލައިޑުން ބުނީ ޕޮލިސީ ގަންނަ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ކަލަންޑަރު ބެހުމަށް ނިންމާފައިވަނީ މި އަހަރަށް ހާއްސަކޮށް އެ ކުންފުނީގެ ފަރާތުން ނެރުނު ކަލަންޑަރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާތީ ކަމަށެވެ.
އެލައިޑް 2023 ކަލަންޑަރު
- ވައިޓް ބޯޑެއް ހިމެނޭހެން ފަރުމާކޮށްފައިވާ ކަލަންޑަރެއް
- އާންމު ދިރިއުޅުމާ ގުޅުންހުރި ކަންކަން ރާވާ، ނޯޓުކޮށްލެވޭނެ
- ކަލަންޑަރާ އެކު ލިބޭ މެގްނެޓްތަކުން ޓާސްކް މެނޭޖު ކޮށްލެވޭނެ
- އަހަރު ނިމުނަސް ބޯޑުގެ ބޭނުންކުރެވޭނެ
އިންޝުއަރެންސަކީ އަމިއްލަ ނަފުސަށާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އިންޝުއަރެންސް ޕްލޭންތަކުގައި ފަހަށް ފައިސާ ރައްކާކުރުމަށް ކުރެވިދާނެ ކަންކަންވެސް ހިމެނެއެވެ.
އެލައިޑުން ނެގޭ ބައެއް އިންޝުއަރެންސް ޕްލޭންތަކުގެ ތެރޭގައި:
- ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރެންސް
- ހިޔާވަހި ޕްލޭން ނުވަތަ ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ އަހަރެންގެ ހިޔާ ޕްލޭން
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަަކަށް ހާއްސަ ޓްރެވަލް ޕްލޭން