ads
ތިނަދޫ އަބޫބަކުރު ސުކޫލުގައި އިން ވޯޓު ފޮއްޓެއް
ވޯޓު ފޮށިތަކަށް ގެއްލުން ދިން މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފި
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓު ލުމަށް ހާއްސަ ކުރެވިފައިވާ ފޮށިތަކަކަށް ގެއްލުން ދިން ބަޔަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
Advertisement

މިއަދު ހެނދުނު 09:00 ގައި ފެށިގެން ކުރިއަށްދާ މި އިންތިހާބުގައި ރާއްޖޭގެ އެކި ހިސާބުތަކުން އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އަދި ބައެއް ވޯޓު ލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގާ މާރާމާރީވެސް ވަނީ ހިންގާފަ އެވެ. 

މީގެ އިތުރުން ބައެއް ވޯޓު ފޮށިތައް ހަލާކު ކޮށްލާ، ބައެއް ފޮށިތަކަށް އަޅާފައި ހުރި ވޯޓުތައް ނަގާ އުކާލާފައި ވާއިރު، ބައެއް ރަށްރަށުގައި ހުރި ވޯޓު ކަރުދާސްތައްވެސް އިރާލާފައި ވާކަން ފާހަގަ ކޮށްލެވެ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ވޯޓު ފޮށިތަކަށް ގެއްލުން ދީގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ، ގދ. ރަތަފަންދޫ އިން ހައްޔަރު ކުރި ދެ މީހުންނާއި ގދ. ތިނަދޫއިން ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. ތިނަދޫއިން މީހަކު ހައްޔަރު ކުރި އިރު، ތިނަދޫ އަބޫބަކުރު ސުކޫލްތެރޭ ހަމަނުޖެހުން ހިނގާ މާރާމާރީވެސް ވަނި ހިންގާފަ އެވެ. ހައްޔަރު ކޮށްފައިވާ އެންމެނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ވޯޓުލުން މިއަދު ހަވީރު 17:00 އަށް ނިންމުމަށް ހަމަޖެހިފައި ވީނަމަވެސް، ބައެއް ރަށްރަށުގައި ވޯޓުލުން ފެށުން ލަސްވުމުގެ ސަބަބުންނާއި، ހަމަނުޖެހުން ތައް ހިނގުމުގެ ސަބަބުން ވޯޓުލާ ވަގުތު އިތުރުކުރާނެ ކަމަށް ބެލެވެ އެވެ. 

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު އެމްޑީޕީގެ 57،000 މެމްބަރުންނަށް ލިބިގެން ވާކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް