ads
ރައީސް ސޯލިހްގެ ސަޕޯޓަރުން މިރޭ އުފާފާޅުކުރަނީ
މާލެ، އައްޑޫ އަދި ފުވައްމުލަށް ސިޓީ ރައީސް ސޯލިހަށް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން އެންމެ ބޮޑު ތިން ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދަވައިފިއެވެ.

ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވާ ރައީސް ސޯލިހް ވަނީ މާލޭ ސިޓީއާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މެޖޯރިޓީ ނަންގަވާފައެވެ. މާލެއާއި އައްޑޫގައި މީގެކުރިން ރަސްކަން ކުރެއްވި ރައީސް ނަޝީދަށް މި އިންތިހާބުގައި ކާމިޔާބު ކުރެއްވުނީ ކުޅުދުއްފުށީ ސިޓީގެ މެޖޯރިޓީ އެކަންޏެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލެއިން 3319 މީހުންގެ ވޯޓުން ރައީސް ސޯލިހަށް 1719 ވޯޓް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 1602 ވޯޓެވެ.

އައްޑޫ ސިޓީން 4608 ވޯޓްގެ ތެރެއިން ރައީސް ސޯލިހަށް 2461 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެނެވީ 2147 ވޯޓެވެ. ފުވައްމުލަކު ސިޓީގެ 1472 ވޯޓްގެ ތެރެއިން ރައީސް ސޯލިހް 773 ވޯޓް ހޯއްދެވިއެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 699 ވޯޓެވެ.

މި އިންތިހާބުގައި ކުޅުދުއްފުށި ރައީސް ނަޝީދު ނެންގެވީ 464 ވޯޓްގެ ތެރެއިން 245 ވޯޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 219 ވޯޓެވެ.

މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން 24500 އަށް ވުރެ ގިނަ ވޯޓާއިއެކު 61 އިންސައްތަ ހޯއްދެވީ ރައީސް ސޯލިހެވެ. އަދި 15400 ވޯޓާއިއެކު 39 އިންސައްތަ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވިއެވެ.

75%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް