ރޭ ޔުނައިޓެޑާ ރެޑިން ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.
މެޗުގައި ޔުނައިޓެޑުގެ ގޯލްތައް ޖެހީ ކަސެމީރޯއާ ފްރެޑްއެވެ. ކަސެމީރޯ ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންތަނީއެވެ. އެހެންކަމުން ރޭގެ މުޅި މެޗުގައިވެސް ވިދާލީ ބްރެޒިލް ކުޅުންތެރިންނެވެ.
އެފްއޭ ކަޕުގައި މިއަދު ހަވީރު ބްރައިޓަންއާ ލިވަޕޫލް ކުޅޭނެއެވެ. އަދި ސްޓޯކް ސިޓީއާ ސްޓެވަނޭޖްގެ މެޗުވެސް މިރޭ އޮންނާނެއެވެ. އެފްއޭކަޕުގައި ހަފްތާ ބަންދުގައި އާސެނަލްވަނީ ސިޓީ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.