
ހިލޭ ދަތުރުކުރެވޭނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނުވަ އަކުން 15 ނިޔަލަށެވެ. މިގޮތަށް ހަމަޖައްސާފައިވަނީ، އެމުއްދަތުގެ ނިޔަލަށް އެތަނުގައި ބާއްވާ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ނެވެ.
ހިލޭ ކްރޮސްރޯޑަށް ދިއުމަށް ހާއްސަ ގަޑިތަކެއްވެސް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މާލެ ފެރީގެ ހިލޭ ދަތުރުތައް ކްރޮސްރޯޑަށް ކުރާނީ މެންދުރު 12:30 އިން 13:00 އާއި ހަމަޔަށެވެ. ހުުޅުމާލެއިން މިދަތުރުތައް ކުރާނީ މެންދުރު 12:00 ގައެވެ.
ލޯބިވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހެވެ. މިކަމާއި ގުޅިގެން އަންނަ މަހުގެ ނުވައަކުން 15ގެ ނިޔަލަށް ހާއްސަ ހަރަކާތްތަކެއް ކްރޮސްރޯޑްސްގައި ކުރިއަށް ދާނެ އެވެ.
އޭގެތެރޭގައި:
- ލައިވް ބޭންޑުތަކުގެ ހަރަކާތްތައް
- ލައިވް ޑީޖޭ
- ސްޓްރީޓް މާކެޓް
- ކުޑަކުދިންނަށް ހާއްސަ އިވެންޓެއްް
- ވެލެންޓައިންސް ޑޭ ސްޕެޝަލް ލަވް ނައިޓް\
- ޓްރެފިކް ލައިޓް ޕާޓީ
- ވެލެންޓައިންސް ޑޭ ސްޕެޝަލް ޕޫލް ޕާޓީ
މިމުއްދަތުގައި އެތަނުގައި އޮންނަ ހަރަކާތްތަކާއި ޕާޓީތަކަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. ނަމަވެސް ކެންޑަލައިޓް ޑިނާއެއްގެ އަގު އުޅެނީ 3،084 ރުފިޔާ ގައެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް
ކ. އެނބުދޫފަޅުގައި ގާއިމްކޮށްފައިވާ "ކްރޮސްރޯޑް މޯލްޑިވްސް" އަކީ، ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ. ޖުމްލަ ނުވަ ރަށް ހިމެނޭ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ "ހާޑް ރޮކް ހޮޓެލް" އާއި "ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން" އާއްމުންނަށް ފުރަތަމަ ފަހަރަށް ހުޅުވާލީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
އެެހެންނަމަވެސް ކޮވިޑް-19 ހަލުވިކަމާއިއެކު ރާއްޖޭގައި ފެތުރެން ފެށުމުން އެތަން އާއްމުންނަށް މިދިޔަ 2020ވަނަ އަހަރުގެ ތެރޭގައި ބަންދުކުރިއެވެ. ކޮވިޑްގެ ކޭސްތަށް މަދުވުމާއި ގުޅިގެން އަލުން ހުޅުވާލީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައެވެ.